މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްދާ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑު ލިމިޓު، 2000 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަންގަވާފައިވާކަމަށެވެ. ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގައި އެދިވަޑައިގެންފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޑެބިޓު ކަޑުގެ ރަސްމީ ލިމިޓަކީ 250 ޑޮލަރެވެ. އެހެންކަމުން ރައީސުލްޖުމްހުރިއްޔާ ހަމައްޖައްސަވައިދެއްވި މި އިންތިޒާމާއެކު ކޮންމެ ޙައްޖުވެރިއަކަށް ޖުމްލަ 2000 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި އެބޭންކަށް ޝުކުރުު ދަންނަވާފައެވެ.
އަޅުގަނޑުމެން ބޭނުން. ހައްޖަދާން ދައްކާފަސާގެ އަދަދުކުޑަކޮއްލަރިނުމަށް