ޔޫތު މިނިސްޓްރީގެ “އޯޕަން ޑޭ 2025” ކާމިޔާބު ކަމާ އެކު ނިންމަލައިފިއެވެ.
ހުރިހާ އުމުރުފުރާއަކަށް ވެސް ހާއްސަކޮށް ބޭއްވި މި އިވެންޓަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު މި އިވެންޓު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ޒުވާނުންނަށް ލިބޭ ހިދުމަތްތަކުގެ މައުލޫމާތު މި އިވެންޓުގައި ވަނީ ފޯރުކޮށްދީފައެވެ. އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުން ވަނީ ފޯރުކޮށްދީފައެވެ.
މި އިވެންޓުގައި ހަވީރު ކުޑަކުދިންނަށް ހާއްސަކޮށް އެކި ހަރަކާތަތައް ބާއްވާފައިވާއިރު ރޭގަނޑު ލައިވް ޕަރފޯމަންސްތައް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ލަކީޑްރޯގައި ގުރުއަތުން ހޮވުނު 3 ފަރާތަކަށް ފައިސާގެ އިނާމާއި ގިފްޓްޕެކް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދުއެވެ.



