މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު މެންދުރު 12:00 އިން ހަވީރު 18:00 އާ ހަމައަށެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމަށް ލަފާކުރެވޭއިރު، ވިއްސާރައިގެ ވިލާގަނޑުތަކާއެކު ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް ދިމާވެފައިވާއިރު، ކަނޑުތައް ގަދަވުމުގެ ސަބަބުން ބޯޓެއް ދިޔަވެ އަޑިއަށް ގޮސްފައިވާ ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.
މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



