ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްގީ ކުރުމަށް ހިންގާ “މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ އައު ބުރުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އަންނަ މަހުގެ 18 އިން 30 އަށް ކ. މަނިޔަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ދެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ، ފަރުމަސް އާލާކުރުމުގެ ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެކެވެ.
ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 30 ގެ ކުރިން މެރިން ރިސާޗް އިންސްޓިޓިއުޓަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އަދި 15 ފަރާތަށް ވުރެ ގިނައިން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ ފޯމު ހުށަހެޅި ތަރުތީބުންނެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާނީ މަނިޔަފުށީގައެވެ. އަދި މާލެ އާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމުވެސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހަމަޖައްސައިދޭނެއެވެ.



