މާލޭގެ މަޝްހޫރު ހޮޓެލް، ބާސެލޯ ނަސަންދުރާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާގޮތުގައި، ހޮޓަލުގެ އެތެރޭގައި އަލިފާން ރޯވެ، ދުން އުފެދިފައިވާ މަންޒަރުތައް ފެނިފައިވެއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އަޅައި، މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ މި ހޮޓަލަކީ ރާއްޖޭގެ އެންމެ ބޮޑެތި ސިޓީ ހޮޓާތަކުގެ ތެރެއިން ހޮޓަލެކެވެ. ދިގު މުއްދަތަކަށް ބަންދުކުރުމަށްފަހު، ޒަމާނީ ވަސީލަތްތަކާއެކު އަލުން ހުޅުވާލީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.