8 މީހުންނާއެކު ކ.މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ “މާޒު” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ފަރަކަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މ.ތުވަރުގެ އިރުއުތުރުން 8 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ.
މިހާރު އެސަރަހައްދުގައި އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ. މިހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 4:51 ގައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.