Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މަސްވެރިކަމުގެ ސިނާއަތް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ޒަމާނީކޮށް، މަސްވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ، ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން، މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާއި ދިވެހީން ވަނީ ލާމެހިފައި ކަމަށެވެ. އެ ދުވަހުއްސުރެ މިއަދާ ހަމައަށް ވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށާއި، ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ ވެސް މަސްވެރިކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މި ދަންނަވަނީ، މާތްﷲ ގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމުން.” މި ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ މަސްވެރިންނަށް ހެޔޮ ދުޢާ ކުރައްވާފަ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ. އެގޮތުން އެ އަތޮޅުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފަ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާއަށް ޚާއްޞަވެފައިވާ މަޝްހޫރު ‘މަސްވެރިންގެ ގުންޒަރު’ ވެސް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ