Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖޭގެ ވައި ނުސާފުވެ ދުންފުހުގެ އަސަރު ނުރައްކާތެރި މިންވަރަކަށް މަތިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދުންފުހުގެ އަސަރު ފޯރާފައިވާ ކަމަށާއި، ވައިގެ ނުސާފުކަން ނުރައްކާތެރި މިންވަރަކަށް މަތިވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މެޓް އޮފީހުން ވިދާޅުވި ގޮތުގައި، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މިކަމުގެ އަސަރު ބޮޑަށް ކުރަމުންދާއިރު، ދުރުފެންނަ މިންވަރު ވަނީ ތިން ކިލޯމީޓަރަށް ވުރެ ދަށްވެފައެވެ. ކުރިއަށް އޮތް ފަސް ދުވަހުވެސް މި ހާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ މާލެ، ވިލިނގިލި، ށ. ފުނަދޫ އަދި ދ. ކުޑަހުވަދޫ ސަރަހައްދުގައެވެ.

މި ދުވަސްވަރަކީ އިރުވައި މޫސުން ކަމަށްވުމާއެކު، ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މި މައްސަލަ ކުރިމަތިވެއެވެ. ވައިގެ ސާފުކަން ބަލާ “އައިކިއު އެއާ” ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވައިގައި ހިމެނޭ ކުދި ޕާޓިކަލްސް ނުވަތަ “ފައިން ޕާޓިކިއުލޭޓް މެޓާ” (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 12.16 މައިކްރޯ ގްރާމްގައެވެ. މިއީ ކުރީ ދުވަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

ވައި ނުސާފުވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިންޒާރު ދެއްވާފައެވެ. އޭގެ ތެރޭގައި ލޮލާއި ނޭފަތް އަދި ކަރުތެރެ ހިރުވުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމުގެ އިތުރުން ނޭވާލާން އުނދަގޫވުން ހިމެނެއެވެ. ޚާއްޞަކޮށް ނޭވާހިއްލުމާއި ހިތުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން މިފަދަ ހާލަތްތަކުގައި އިތުރަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރައްވައެވެ.

މި ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަށާއި، ކޮންމެހެން ނުކުންނަންޖެހޭ ހާލަތެއްގައި މެނުވީ ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ދުންފުހުގެ ސަބަބުން ބަލިތައް އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމާއެކު، ސިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިވަގުތަށް ނުހަނު މުހިންމު ކަމެއްކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ