Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޑެންގީ ޖެހިގެން ރިޕޯޓުކުރާ ކޭސްތައް ކަންބޮޑުވާ މިންވަރަކަށް އިތުރު

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށާއި، ނަމަވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ ކޭސްތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ވެސް މި ބަލިތައް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފެބުރުވަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 25,010 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާރިޗު މަހު އެ އަދަދު ވަނީ 20,761 އަށް ދަށްވެފައެވެ. މީގެ އިތުރުން އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރި އަދަދުވެސް ވަނީ މަދުވެފައެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓުކުރި 1,030 ސާމްޕަލްގެ ތެރެއިން އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައި ވަނީ 112 ސާމްޕަލްއެވެ.

އަރިދަފުސް ރޯގާގެ ކޭސްތައް މަދުވި ނަމަވެސް، ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފެބުރުވަރީ މަހު 428 ކޭސް ރިޕޯޓުކުރިއިރު، މާރިޗު މަހު އެ އަދަދު ވަނީ 535 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ރިޕޯޓުކޮށްފައިވަނީ 60 އާއި 77 އާ ދެމެދުގެ އަދަދެކެވެ.

ޑެންގީ ހުން ފެތުރެމުންދާ މި ދަނޑިވަޅުގައި، މި ބަލި ޖެހިގެން ހާލު ސީރިއަސްވި ށ. މިލަންދޫއަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ. މިއީ މި ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރު ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާއިރު، މީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ޑެންގީ ހެމޮރެޖިކް ފީވާ ފަދަ ފުރާނައަށް ނުރައްކާވާ ހިސާބަށް ބަލި ބަދަލުވެއެވެ.

ޑެންގީ ހުންޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުންދާތީ، މަދިރީގެ ޒަރިއްޔާއިން ފެތުރޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ ތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި، މަދިރިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ