Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ތެޔޮ ނުލިބިގެން މަސްވެރިކަން ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަ މިނިސްޓަރު ޝިޔާމް ދޮގުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ތެޔޮ ނުލިބިގެން މަސްދޯނިފަހަރު ހުއްޓިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކަން ދޮގުކުރައްވައިފިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ތެޔޮ ނުލިބިގެން މަސްދޯނިފަހަރު ހުއްޓިއްޖެ ކަމަށް ބުނެ “ދައުރު” ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށްވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް އެ ބުރަ ނުޖައްސައި ތެލުގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖުކުރުމަށް ކަމަށެވެ. އަދި މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފަށައި، މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މިއީ ރަނގަޅު ޚަބަރެއްނޫން. މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން،” މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް، އިންޑަސްޓްރީގެ މަޝްވަރާއާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބަލައި، އެންމެ ރަނގަޅު ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަސްވެރިންވެސް އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވަނީ ނޫސްތަކުގައި މިފަދަ ހެޑްލައިންތައް ޖަހާއިރު، ކަން އޮތްގޮތް ރަނގަޅަށް ބަލައިލުމަށް އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ