Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އޮތް ހައްލެއް: ފަލާހް

ad image

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ ލޭނާރު ކަމަށާއި، ފަތުރުވެރިކަމަށްފަހު ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މި ދާއިރާއިން ކަމަށެވެ. ސަރުކާރުން މި ބިލަށް ޖުމްލަ 17 އިސްލާހެއް ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހުތައް ހުށަހަޅާފައި ހުރީ މައިގަނޑު ގޮތެއްގައި. ހަމައެކާއިއެކު މަސްވެރިކަމުގައި ކަނޑުމަތީގައި ދިމާވާ ގޮންޖެހުންތަކާއި އެންދެމުމާއި ފަރުތަކާއި ގިރިތަކަށް ގެއްލުން ލިބިދާނެ ހާލަތްތަކަށް ރިއާޔަތްކޮށްފައި ބިލްގައި އިސްލާހު ސަރުކާރުން ހުށަހަޅާފައިވަނީ،” ފަލާހް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަ ބޭރުގެ އުޅަނދުތައް ހިފެހެއްޓުމަށްފަހު، އެ އުޅަނދުތައް ބެލެހެއްޓުމުގައި ދައުލަތުން އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް އާ އުސޫލުތަކެއް މި އިސްލާހުގެ ދަށުން ތައާރަފްވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ. މިގޮތުން، އެކަށީގެންވާ ޑިޕޮސިޓެއް ބެހެއްޓުމަށްފަހު އުޅަނދު ދޫކޮށްލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މި ޑިޕޮސިޓް ފައިސާއަކީ ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ބެހެއްޓޭ ފައިސާއެއް ކަމަށާއި، އުޅަނދުގެ ފަރާތުން ކުށެއް ނެތްކަމަށް ސާބިތުވެއްޖެނަމަ އެ ފައިސާ އަނބުރާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަރުތަކަށް ނުވަތަ ގިރިތަކަށް ގެއްލުމެއް ދީފައިވާނަމަ، އެ ފައިސާއިން ބަދަލު ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، މި އިސްލާހުތަކަކީ ޒަމާނާ އެއްގޮތަށް، އިންސާފުވެރިކަމާއެކު ކަންކަން ސާފުވާނެހެން ފަރުމާކޮށްފައިވާ ބަދަލުތަކެއް ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބި، ދައުލަތަށް ލިބޭ ބުރަ ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ