- Advertisement -ad image

އިންޑިއާއިން ރާއްޖެ އެތެރެ ކުރި 4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

އަވަަށްޓެރި އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރި 4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މެއި މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑު މަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވައިދާ ހިލާފު އެއްޗެއް ހުރި ކަމަށް ޝައްކު ކުރެވިގެން، އެ މުދާ ބަލާ ފާސްކުރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރުގައި 9 ޖޫން އިން 11 ޖޫން އަށް ކަސްޓަމްސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިސް އޮއިލްގެ 15.5 ކިލޯ އަތުލައިގެންފައިވާއިރު މި ތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 4 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ