- Advertisement -ad image

މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

‏ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނޡި ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި މާާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާއިރު، މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލްް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ވަނީ ޖެހިފައި ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ. މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނިވިފައިވާ ފީޑަރުތަކުގެ ތެރެއިން ދެ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރުވަނީ އެނަޖައިޒް ކުރެވި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުދޭން ފެށިފައި ކަމަށަވެސް ސްޓެލްކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ