- Advertisement -ad image

ދެކުނުގެ ބައެއް ރަށްތަކަށް އުދަ އެރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ދެކުނު ބައެއް ރަށްތަކަށް އުދައެރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިގޮތުން އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް އުދަ އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ގދ.މަޑަވެއްޔަށް އުދައަރައި އެ ރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ. ތިިނަދޫ ޕޯސްޓްގެ ސިފައިން ދަނީ ޕަންޕު ބޭނުންކޮށްގެން އެ ރަށުގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ރަށްރަށަށް އުދައެރުމާ ގުޅިގެން އެރަށްތަކުގެ ހާލަތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަރަށް ގާތުން ބަލަމުންދާއިރު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމަށް ކައުންސިލްތަކުން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބީ ތައްޔާވެގެންނެވެ.

މީގެ އިތުރުން ލ.އަތޮޅުގެ ބައެއް ރަށްރަށަށް ވެސް އުދައިގެ އަސަރު ކުރުމާ ގުޅިގެން އެެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވެސް ދަނީ އެރަށްތައް މޮނީޓަރކޮށް އެރަށްތަކުގެ ހާލަތު ބަލަމުން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ