- Advertisement -ad image

ކަނޑުތައް ގަދަވެ، މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ 17 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުންވަނީ ކުޅުދުއްފުށި ސިޓީ، ށ، ނ، ޅ، ކ، ވ، ފ،ދ، ތ، އއ، އދ، ބ، ރ، ހއ، ހދ އަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މެޓު އޮފީހުން ބުނީ ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ލ އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވަނީ ހުދު ސަމާލު ނރެފައެވެ. ރާއްޖެއަށް މިހާރު ކުރަމުނދާ ވިއްސާރައިގާ އިއްޔެވެވެސް 7 އަތޮޅަކަށް ވަނީ އުދަ އަރާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ