- Advertisement -ad image

ލަންކާގައި ތިބި ދިވެހިން ނުރައްކަލަށް ވައްޓާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވޭ: އަލީ ރަމީޒް

ad image

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގައި މިވަގުތު ތިބި ދިވެހިން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ޖަމިއްޔަތުއް ސަލަފުގެ މެންބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަލީ ރަމީޒު ވިދާޅުވީ، ދިވެހިރައްޔިތުންނާއި ލަންކާ ރައްޔިތުންނާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރުވާލައި ލަންކާގައި ދިރިއުޅޭ 16000 ދިވެހި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށެވެ.

ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނެފައިވަނީ ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިން ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށެވެ.

މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާ ތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ