- Advertisement -ad image

އަދާލަތަކީ ދެތިން މީހުންގެ މަންފާއަށް ހަމައެކަނި ގެންގުޅޭ ނަމެއް: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

އަދާލަތަކީ ދެތިން މީހުންގެ މަންފާއަށް ހަމައެކަނި ގެންގުޅޭ ނަމެއް ކަން އެންމެނަށް އެނގޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިސްލާމްދީނުގެ ފުރިހަަމަ މަހުފޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރެއްގައި އެލިގަނެގެން އޮންނަތާ ހަތަރު އަހަރު ކަމަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫޖެހި އިރު އަދާލަތު އޮތީ ހިމޭނުން ކަމަށެވެ.
އަދި 2023 ކައިރިވާތީ ޕާޓީއަށް ވަގަށް މެންބަރުން ހަމަކޮށްގެން ތިމަންނާ ހުރިކަން އަންގަން މިހާރު ކަރުކެހެނީ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ