- Advertisement -ad image

ހަރަދު ކުރާނެ ފައިސާ ނެތުމުން މިނިވަންދުވަހުގެ ޖަލްސާ އަދި ފުޅަނދު ބުރުވެސް ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލައި ހަރަދުކުރާނެ ފައިސާ ނެތުމުން މިއަހަރުގެ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ އަދި ފުޅަނދުބުރު ވެސް ނުބާއްވާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން މިއަހަރު މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާނީ ހަމައެކަނި ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ.
އެރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައެވެ.
ފިނޭންސް މިނިސްޓްރީން ހަރަދުތައް ކުޑަކުރުމަށް އަންގާފައިވަނިކޮށް މިނިވަންދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރު ބޭއްވުމުގެ ތައްޔާރީތައް ހޯމް މިނިސްްޓްރީން ފެށިއެވެ.
އަދި އެކަމާގުޅިގެން ގިނަބައެއްގެ ފާޑުކިއުން އޭރު އެމިނިސްޓްރީއަށް އަމާޒުވެސްވިއެވެ.

މިނިވަންދުވަހާ ގުޅިގެން މާލޭ ސަރަހައްދުގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ މީގެ 3 އަހަރުކުރިން 2019 ވަނަ އަހަރުއެވެ. މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ފުޅަނދު ބުރު ކެންސަލް ކޮށްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ގުޅިގެން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ވަނީ މުއައްސަސާތަކަށް އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ