- Advertisement -ad image

ކޮއްކޮ ހައްޔަރު ކުރުމުން ނަޝީދު ރަތަށް، ވިދާޅުވީ އެކަންކުރީ ސަރުކާރުގައި ތިބި ވަކި ބަޔަކު ރުއްސަން ކަމަށް

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުން ކޮއްކޮ ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުތަކާ ދެކޮޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު މިރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މިކަމާ ކޯފާ އިސްކުރައްވާ ކުރެއްވި ޓުވީޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުއާއި އެމަނިކުފާނުގެ ސަރުކާރުން ރައީސް ނަޝީދުގެ ކޮއްކޮގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކޮށް އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުތަކާ ދެކޮޅަށް ކަމަށާއި، އެކަމަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ރުއްސުމަށް ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް 3 ދިވެއްސަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި މީހުންނަކީ މިހާތަނަށް އެކި ގޮތްގޮތުން ހެކި ލިބިފައިވާ މީހުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ