- Advertisement -ad image

ނަޝީދު އިނގިރޭސިން ޓުވީޓް ކުރީ ދެ މަގުސަދެއްގައި: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

ލިވާތު ކުރި މައްސަލާގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމުން މިރޭ ނަޝީދު އިނގިރޭސިބަހުން ޓުވީޓް ކުރެއްވީ ދެ މަގުސަދެއްގައި ކަމަށް ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ލިވާތު ކުރަނިކޮށް އާއްމުވި ވީޑިއޯ އާއި ގުޅިގެން ފުލުހުން ވަނީ މިއަދު ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނޭތީ ނަޝީދު ވަނީ ކޯފާ އިސްކުރައްވާ މިރޭ ޓުވީޓެއް ކުރައްވާފައެވެ.
ނަޝީދުގެ ޓުޗީޓަށް ރައްދު ދެއްވާ އިދިކޮޅު ޕީޕީއެމްގެ މެންބަރު ޝިޔާމް ވިދާޅުވީ، ހީކުރީ ‘ކުޑަކެކުރި ބޮޑުކެކުރި’ ޒަމާން ނިމިއްޖެކަމަށެވެ. އަދި އިނގިރޭސިން ޓުވީޓުކުރެއްވީ 2 މަޤުޞަދެއްގައި ކަމަށާއި އެއްޖިންސުން ގުޅުންހިންގުމަކީ އިންސާނީ ހައްޤެއްކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަޕޯޓު ހޯދުމާއެކު ދީނީ ޢިލްމުވެރިންނަކީ އެކްސްޓުރީމިސްޓުންކަމަށް ބޭރުދުނިޔެއަށް ބުނެދޭން މަސައްކަތްކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ