- Advertisement -ad image

ނަޝީދުގެ ތުހުމަތުތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން!

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ރައީސް ސާލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހުން ފޮރުވީތޯ ސުވާލު ކުރައްވާފައެވެ.
އަދި ލިވާތު ކުރި ފޮޓޯ ހުރި އެންމެން ހައްޔަރު ނުކުރަނީ ކީއްވެތޯ ރައީސް ސާލިހުގެ އަރިހުން ސުވާލު ކުރަން ބޭނުން ކަމަށާއި ފޮޓޯހުރި އެންމެން ހިމާޔަތް ކޮށްފައި ނާޒިމް ހައްޔަރު ކުރުމުން ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަޝީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި އަންހެން ކުއްޖަކާއެކު ރައީސް ސާލިހު ބަދުއަހުލާގީ އަމަލު ހިންގާ 4 ފޮޓޯއެއް ލިބިފައިވާ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތީ ދެންމެ ކަމަށެވެ. ހަމަ ވަޑައިގަތުމާއެކު އެ ފޮޓޯތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޖިންސީ ގުޅުންހިންގާފައިވަނީ ވަރަށް ގާތް އާއިލީ ރަހުމަތްތެރިއެއްގެ އަންހެން ދަރިއާކަމަށް ވިދާޅުވެ ނަޝީދު އިތުރަށް ވިދާޅުވީ އެ ކުއްޖާގެ ހާލަތާމެދު ހިތާމަކުރައްވާ ކަމަށެވެ.

މި ކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން މިކަމަށް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ