- Advertisement -ad image

ރައީސް ސާލިހުގެ ފޮޓޯތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި މައްސަލަ ތަހުގީގު ކުރަން އިދިކޮޅުން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙު ޒިނޭ ކުރާ މަންޒަރު ހުރި ފޮޓޯތަކެއް ހުރި ކަމަށް މަޖިލިސް ރައީސް ވިދާޅުވާ ވިދާޅުވުން ތަޙުޤީޤު ކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ޙަޤީޤަތް ހޯދާ އެކަމުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލާ ކަމަށެވެ.
މިމައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ، އެމައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އަދި އެ މައްސަލައިގެ ތަޙީޤީޤަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުންނަމަވެސް ތަޙުޤީޤު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދުވެސް މަޤާމުން އެކަހެރިވުމަށް ގޮވާލާފައިވެއެވެ.
މިވަރުގެ ބޮޑު ތުޙުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން ކަމަށާއި މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދިނުމަށްވެސް ގޮވާލައިފާވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ