- Advertisement -ad image

މޫސުން ވަރަށް ގޯސް، ވިއްސާރަ އަލިވާކަށް ނެތް!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނީ ހަވީރު 17:30 އިން ފެށިގެން މިރޭގެ 23:30 އާއި ހަމައަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ