- Advertisement -ad image

ގާސިމް އާއި ނާޒިމް އަކީވެސް ގައްދާރުން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު ނާޒިމް އަކީވެސް ގައްދާރުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަރު ދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށާއި ގައުމު މިއަދު ވައްޓާލާފައިވާ ހާލަތުން އެއް ފަރާތްވެ ގާސިމާއި ނާޒިމް ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެއީ ގައްދާރުން ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝެއިހުން ވަނީ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގާސިމާއި ނާޒިމަށް ފާޑު ވިދާޅުވެ ރައީސް ޔާމީން މިއަދު ޓުވީޓު ކުރައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އެ މަގާމަށް ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ފަދަ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ