- Advertisement -ad image

ރައީސް ޔާމީނަށް ޣައްދާރަށް ގޮވުމުން އިދިކޮޅުގެ ވަރުގަދަ ރައްދެއް ނާޒިމަށް!

ad image

ގުޅުންހުރި ލިޔުންތައް

އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ރައީސް ޔާމީނަށް ޣައްދާރަށް ގޮވުމުން އިދިކޮޅުން އޭނާ އަށް ވަރުގަދަ ރައްދެއް ދީފިއެވެ.
މިކަމަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޣައްދާރު’ މި ލަފުޒަކީ ބައެއް ސިޔާސީ ލީޑަރުންނަށް ވަރަށް އުނދަގޫވާ ލަފުޒެއް ކަމަށެވެ.
އަދި ޕީޕީއެމް ޕީއެންސީ ފިޔަވާ ހުރިހާ ޕާޓީއެއްވަނީ މި ލިވާތު ޣައްދާރު ސަރުކާރު ގެންނަން މަސައްކަތްކޮށް އަދި ނަގަހައްޓަންވެސް މަސައްކަތްކޮށް ޤައުމަށް ޣައްދާރުވެފައި ކަމަށާއި މިހަޤީގަތެއް ދިވެހިންނަކަށް ނޯޅޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީން ވަލު ދޮރާށިން ކަންކަން ނުކުރާނެ ކަމަށާއި ގާނޫނު ނަގަހައްޓާ ތަންފީޒުވެސް ކުރާނެ ކަމަށެވެ.
އަދި ދިވެހިންގެ ކަންކަމާ ބެހި އުޅެންވާ ގޮތް ކިޔައިދޭން އަންނަ މީހުން ސައްޕު ޖަހާ ބޭރު ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ނާޒިމް އާއި ގާސިމް ނަން ތާރީހުގައި ލިޔެވޭ ގައުމަށް ގައްދާރުވި މީހުންގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނާޒިމް ވިދާޅުވީ، ވަތަނީ ލީޑަރަކީ ތިމަންނާއޭ ރައީސް ޔާމިން ވިދާޅުވާއިރު، ވަތަނީ ލީޑަރަށް ވެރިކަން ދިނީމާ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލާ، ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ކުރެއްވި ޓުވީޓެއް ވިދާޅުވީ، ރައީސް ޔާމީން ހޯއްދެވީ ނިކަމެތި ރައްޔިތުންގެ ލޯބި ކަމަށެވެ. އަދި ދިވެހިން މިއަދު އެދި ގޮވަނީ ރައީސް ޔާމީނުގެ ޒައާމަތަށް ކަމަށާއި ސަބަބުތައް 2023 ގެ އިންތިހާބުން ނާޒިމަށް ފެނިގެންދާނެ ކަމަށެވެ.

ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝުޖާއު ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ޤާއިމްވެފަ ތިބުމަށް ނާޒިމު ތާއީދު ކުރި ކަމަށާއި ބޭރުޤައުމު ތަކުގެ ސިފައިން މިބިމުގައި ގާއިމްވެ ތިބުމަށް ތާއީދު ކުރުމަކީ ޤައްދާރުންގެ ސިފައެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެބިނެޓުން ނާޒިމް ވަކިކުރީ ވަލިއްޔުލް އަމުރަށް ޤައްދާރުވެގެން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.



ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. ނާޒިމާއި އިމްރާނާއި ޢަބްދުﷲރިޔާޒުއާއި މައުމޫނަކީ ބާޣީންނާއި ޣައްދާރުންކަމަށް ޚުދު އެމްޑީޕީއިން ވެސް މާކުރިން ވަނީ ކަނޑައަޅައިފައި. އެހެރީ އެ ވީޑިއޯތައް މީޑިއާގައި އާކައިވް ކުރެވިފައި. ނާޒިމާއި ޢަބްދުﷲ ރިޔާޒަކީ ހަމަ ޚާއިނުން.

  2. ގާސިމާއި ނާޒިމް ގެދޮރު އަޅާފައި ހުރީ ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހޯދި ފައިސާއަކުންނޫނެވެ. ކޮންމެވެސް ދުވަހަކުން ދިވެހިން ގަޑުވަޜު ކިތަންމެ އުސް ކުރިޔަސް ހޯދާނެއެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ