- Advertisement -ad image

މޫސުން ވަރަށް ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ހދ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު މި ސަރަހައްދަށް ނެރެފައިވަނީ ހެނދުނު ދިހައަކުން މެންދުރު ފަހު ދެއަކަށެވެ.
އަދި މިވަގުތުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ނެޝަނަލް ޑިޒާސްޓަރ އޮތޯރިޓީން ބުނީ ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް އެމް.އެމް. އެސް އިން ހއ. އަތޮޅުން އދ.އަތޮޅަށް ރީނދޫ އިންޒާރު ނެރެފައިވާތީ ވިއްސައިރާގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ.
އަދި ކަނޑު ދަތުރުކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީ ކަނޑުމައްޗަށް ނުުކުންނަނަމަ، ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯއާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ