- Advertisement -ad image

ރައީސް ޔާމީން އަށް ހާއްސަކޮށް މެންބަރުން ބާއްވާ ބޮޑުޖަލްސާ މިމަހު 19ގައި

ad image

ގުޅުންހުރި ލިޔުންތައް

2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަށް ހާއްސަކޮށްގެން މިމަހުގެ 19 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމްގެ މެންބަރުން ނިންމައިފިއެވެ.
ޕީޕީއެމްގެ ނައިބް ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ކޯލިޝަނުގެ ޖޮއިންޓް ސެނެޓުގެ އިއްތިފާގުން ރައީސް ޔާމިން އަށް ރިޔާސީ ޓިކެޓް އެރުވުމާއި ގުޅިގެން ޕާޓީގެ މެންބަރުން ބާއްވާ ޖަލްސާގައި ރައީސް ޔާމިންއާ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.
އަދި ޕާޓީގެ އެތެރޭގެ ޕްރައިމެރީއެއް ނުބާއްވާ ރިޔާސީ ޓިކެޓް ރައީސް ޔާމީން އަށް ދިނުމާއި ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ޝިޔާމް ވިދާަޅުވީ، ކޯލިޝަންގެ ހިންގާ ގަވާއިދު ބުނާގޮތުން އެގޮތަށް ވަކި ބޭފުޅަކަށް ޓިކެޓް ދެއްވިދާނެ ހާލަތުތައް އެބައޮތް ކަމަށެވެ.
އެގޮތުން ޖެހި ޖެހިގެން ދެދައުރު އެކަކަށް ވެރިކަމަށް އައުމުގެ ފުރުސަތު ލިބޭތީ އެމާއްދާގެ ދަށުން ޕާޓީގެ މެޖޯރިޓީ މެމްބަރުން އެދެނީ ރައީސް ޔާމިން ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ކަމުގައި ވާތީ އެކަން އެގޮތަށް ޕާޓީގެ ސެނެޓަށް ލިބިގެންވާ ބާރުގެ ދަށުން ނިންމީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ