- Advertisement -ad image

ލިވާތުކުރާ ވީޑިއޯގައި ފެންނަ ކަމަށް ބުނާ މީހާ އެއްވެސް އިރެއްގައި އެ ސްކޫލްގެ ޓީޗަރަކަށް އުޅެފައެއް ނުވޭ: ޣާޒީ ސްކޫލް

ad image

ގުޅުންހުރި ލިޔުންތައް

ގުރޫޕު ހަދައިގެން ލިވާތު ކުރަނިކޮށް އާއްމުވެފައިވާ ވީޑިއޯގައި ފެންނަ މީހާ އެއްވެސް އިރެއް އެ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސަކަތްކޮށްފައިނުވާ ކަމަށް ޣާޒީ ސްކޫލުން ބުނެފިއެވެ.
3 މީހަކު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރި އާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ރޭ ލީކުކޮށްލާފައެވެ.
ސޯޝަލް މީޑިއާގެ ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ވީޑިއޯއިން ފެންނަ ދިވެހި ފިރިހެނަކީ ޣާޒީ ސްކޫލްގެ ޓީޗަރެކެވެ.
މިކަމާ ގުޅިގެން ޣާޒީ ސްކޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޣާޒީ ސްކޫލްގެ ޓީޗަރެއް އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށްބުނެ އާއްމުކޮށްފައިވާ ވީޑިއޯގައި ފެންނަ ފަރާތަކީ އެއްވެސް އިރެއްގައި އެ ސްކޫލްގައި ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ނޫން ކަމަށާއި އެއްވެސް ހަގީގަތެއް ނެތި މިފަދަ ހަބަރުތައް ފެތުރުމަކީ ސްކޫލް ބަދުނާމުވަމުންދާ ކަމަކަށް ވާތީ މިކަމުގައި ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.
އަދި މިފަދަ ހަގީގަތާއި ހިލާފު ހަބަރު ފަތުރާ ފަރާތްތަކާމެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައި ދިނުމަށްވެސް ސްކޫލް ވަނީ އެދިފައެވެ.
ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ލީކު ކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

ގިނަ ދިވެހިންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރި އާއި އަދި އިތުރު ފިރިހެނަކާއިއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގާފައި ވަނީ އިމާދުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ކިޔަވައިދޭ ޓީޗަރެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ