- Advertisement -ad image

ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ހެޔޮއެދޭ ފަރާތަކުން އުމުރާ ދަތުރެއްދީފި

ad image

ގުޅުންހުރި ލިޔުންތައް

މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދީފައިވާ ކަމަށް އެ ސްކޫލުން ހާމަކޮށްފިއެވެ.
އެގޮތުން ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުމާއި ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުން ހިމެނިފައިވެއެވެ.
އެ ސްކޫލްގެ ޓީޗަރުން މި ދަތުރު ކުރާ ގޮތައް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގައި ފުރަތަމަ ޓާމް ޗުއްޓީތެރޭގައި ކަމަށް ވެސް ކޮއްކޮ މެން ޕްރީ ސްކޫލުން ހަަމަކުރެއެވެ.
މި ދަތުރުގެ އެންމެހާ ކަމެއް ބަލަހައްޓަވާނީ އިންތިޒާމްކުރާ ފަރާތުންނެވެ.
މިއީ ރާއްޖޭގެ ސްކޫލެއްގެ ހުރިހާ ޓީޗަރުންނަށް މިފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރެވެ. ކޮއްކޮމެން ޕްރީ ސްކޫލުގައި ކިޔަވައިދޭން ފެށިތާ 3 އަހަރު ވަނީ ވެފައެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ