- Advertisement -ad image

ހދ ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފެން މަތިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހދ ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ހދ ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް 25 ޖޫން 2022 ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތުހުމަތު ކުރެވެނީ އެރަށު ސްކޫލްގެ ގުރުއާން ޓީޗަރަކަށެވެ.
އިމާދުއްދީން ސްކޫލްގެ ޓީޗަރެއްގެވެސް މިފަދަ މައްސަލައެއް ފެންމަތިވެ މިހާރު ވަނީ އެ ޓީޗަރު އެޑިއުކޭޝަނުން ސަސްޕެންޑުކޮށްފައެވެ.
މީގެ އިތުރުން އިސްކަންދަރު ސްކޫލްގައި ކިޔަވައިދޭ ބޭރު ޓީޗަރަކުވެސް މިފަދަ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ