- Advertisement -ad image

ގަން ރީޖަނަލް ހޮސްޕިޓަލުން މާބަނޑު މީހުން ސްކޭންވެސް ނުކުރެވޭ! ސްކޭން ޑޮކްޓަރެއް ނެތްތާ އެތައް ދުވަހެއް!

ad image

ގުޅުންހުރި ލިޔުންތައް

ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސްކޭން ޑޮކްޓަރެއް ނެތުމުން އެ ހިދުމަތް ނުލިބޭތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މާބަނޑު މީހަކު ބުނީ ރީޖަނަލް ހޮސްޕިޓަލްގެ ނަން ކިތަންމެ ބޮޑަސް ލިބޭ ފަރުވާތައް އިންތިހާއަށް މަދު ކަމަށެވެ.
“އަހަރުމެން މީ ރަށުގައި ދިރިއުޅޭ މީހުން. ދެން ބަނޑުބޮޑުވެގެން ހަދަން މިޖެހޭ ސްކޭން ހަދަން އައިމަ މި ބުނަނީ މިތަނުން ތިކަން ވާކަށް ނެތޭ. ދެމަހެއްހާ ދުވަސް ވަނީ މިހާރުމި” އެ އަންހެންމީހާ ބުންޏެވެ.
އެމީހާ ބުނީ ސްކޭންއެއް ކުރަން ދާން ޖެހެނީ ތ އަތޮޅަށް ނޫނީ މާލެ އަށެވެ. މޫސުން ގޯސްވެގެން މި އޮތް ބޮޑު ބަންދުގައި ކަނޑު މަގުން ތަނަކަށް ދިއުންވީ އުދަނގޫ ކަމެއް ކަމަށާއި ނޫނީ ހަމައެކަނި ސްކޭން އެއް ކޮށްލަން މޯލްޑިވިއަންގެ އަގު ބޮޑު ޓިކެޓް ނަގައިގެން މާލެ ދިއުމަކީ ކޮންމެ މީހެއްގެ ފެންވަރެއް ނޫން ކަމަށެވެ.
އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލަކީ ލ އަތޮޅުގެ ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް ދާ ތަނެކެވެ. އަދި މީގެ އިތުރުން ބައެއް އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ސިއްހީ ހިދުމަތް ހޯދުމަށް އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ވިދާޅުވެފައިވަނީ ރައީސް ސާލިހުގެ ސަރުކާރުން ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ