- Advertisement -ad image

الله އަށް ބިރުވެތިވެ ފާހިޝް ވީޑިއޯތައް މުޖުތަމައުގައި ފެތުރުން ހުއްޓާލަންޖެހޭ: އަލީ ރަމީޒް

ad image

ގުޅުންހުރި ލިޔުންތައް

الله އަށް ބިރުވެތިވެ ފާހިޝް އަމަލުތައް ފެންނަ ވީޑިއޯތައް މުޖުތަމައުގައި ފެތުރުން ހުއްޓާލުމަށް އަލީ ރަމީޒު ގޮވާލައިފިއެވެ.
އެއްޖިންސުން ގުޅުން ހިންގާ ދިވެހިންގެ ވީޑިއޯތައް އާއްމުވަމުންދިއުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަލީ ރަމީޒު ބުނެފައިވަނީ، ވީޑިއޯތައް ރިލީޒް ކުރުމުގެ ސަބަބުން ފަލީހަތްވެ ލަދުވެތިކަމާއި ކުރިމަތިލާންޖެހެނީ އެ ވީޑިއޯގައި ފެންނަ މީހާ އެކަންޏެއް ނޫން ކަމަށެވެ.
އަދި އާއިލާގައި ތިބި ކުދިބޮޑު އެތައް ބަޔަކު އެ ލިބޭ ލަދުވެތިކަމުގެ ސަބަބުން ނަފުސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ވަންނަ ކަމަށާއި މިއީ އެތައް ބަޔަކަށް ދެވޭ އަނިޔާއެއް ކަމަށް އަލީ ރަމީޒު ބުނެފައިވެއެވެ.
މީގެ އިތުރުން އެ ވީޑިއޯތައް އާއްމު ޖުރުމުން މުޖުތަމައުގައި ފާހިޝް ކަންކަން ލުއިވެގެންދާ ކަމަށާއި ގައުމުތައް ހަލާކުކޮށްލަން ބޭނުންކުރާ އުކުޅުތަކަށް ބަލާއިރު މިއީވެސް ބައެއްގެ އެޖެންޑާއެއް ކަމަށް ބެލެވޭ ކަމަށް އަލީ ރަމީޒު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ