- Advertisement -ad image

ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ ވީޑިއޯ ފަތުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތެއް އަވަހަށް ހޯދަންޖެހޭ: އިމްރާން

ad image

ގުޅުންހުރި ލިޔުންތައް

ހުތުރުކަންބޮޑު ފާހިޝް އަމަލުތަކުގެ ވީޑިއޯ ފަތުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތެއް އަވަހަށް ހޯދަންޖެހޭ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުތުރުކަންބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަހުލާގިއްޔަތު އެއްކޮށް ފުނޑު ފުނޑު ވެގެން ހިނގާދާނެ ކަމަށެވެ.

މި ފަހަކަށް އައިސް ވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އަދި ފޮޓޯތަކެއްވެސް އާއްމުވެފައެވެ.
ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެކި ދުވަސްތައް މަތިން ދަނީ ދިވެހި އެތައް ފިރިހެނުންނެއްގެ މިފަދަ ވީޑިއޯތައް ލީކު ކުރަމުންންނެވެ.
މި ވީޑިއޯތަކުގައި ފެންނަ މީހުންގެ އިތުރުން ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ މައްސަލަތަކެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ