- Advertisement -ad image

ހަރާމްކަންކަން ހުއްދަވާގޮތަށް ވާހަކަދެއްކުމަކީ ރާއްޖޭގައި ކުށެއް: ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް

ހަރާމްކަން ހުއްދަވާގޮތަށް ރާއްޖޭގައި ވާހަކަދެއްކުމަކީ ކުށެއް ކަމަށް ކުރީގެ ނައިވު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޚިޔާލު ފާޅުކުރެވޭނީ ދީނުގެ އަޞްލަކާ ޚިލާފް ނުވާ ގޮތަށް ކަމަށެވެ.
އަދި ޙަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަދެއްކުމަކީ ރާއްޖޭގައި ކުށެއް ކަމަށާއި އެފަދަ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، ވެރިކަން އޮތުމީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫން ކަމަށެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައި މިވަނީ އިބްރާހިމް އިސްމާއިލް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.
އެގޮތުން އިބްރާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޒިނޭ އާއި ލިވާތަކީ ކުށެއް ނަމަވެސް އެކުށަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި އެކަހެރިވެގެން ތިބެ ކުރި ކަމެއް ކަމަށެވެ.
އަދި އެކަމުން އެހެން މީހެއްގެ ފުރާނައަށް ޖިސްމަށް މުދަލަށް ނުރައްކަލެއް ނެތް އެހެންމީހެއްގެ މިނިވަންކަމަށް ހުރަހެއް ނޭޅޭ ކަމަށް އިބުރާ ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އިބްރާއަކަށް ފިޔަވަޅެއް ނާޅާނެ.ލިވާޠްކުރި މީހުންނަކަށް ވެސް ނާޅާނެ.އަލަމްގިރި ފޮނުވާލާނީ ޤައުމަށް.ބޯގަންވިލާ ގައި ގިނަވާނީ ދީން ޤަބޫލު ނުކުރާ މީހުން. ޕީޖީ ވެސް ދަރިވަރުވީ އެގެއިން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ