- Advertisement -ad image

ގާނޫނުލްއުގޫބާތުގައި ގިސޯސްގެ ހުކުމެއް ނެތިފައިވަނިކޮށް އޭގައި އެހުކުމް ހިމަނައިދެއްވީ ރައީސް ޔާމީން: ސަލަފްގެ ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ޤާނޫނުލްއުޤޫބާތުގައި ޤިޞޯޞްގެ ޙުކުމް ނެތިފައިވަނިކޮށް އޭގައި އެޙުކުމް ހިމަނައިދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝެއިހު މުހައްމަދު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު މަޢުރޫފް އޮންލައިން ނޫސް މިހާރުގެ ހެޑްލައިންއެއް ހިއްސާކޮށް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
“މަރުގެ އަދަބު ހިފުމަކީ އެއްވެސް ރައީސްއަކަށް ފަސޭހަކަމެއް ނޫން ކަމަށް” މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ހަބަރާ އެކު ކުރެއްވި ޓުވީޓްގައި މައުރޫފު ވިދާޅުވެފައި ވަނީ، މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔާފައިވާ
ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ސަލަފް ޖަމިއްޔާގެ ރައީސް މުހައްމަދު އަދި ޝެއިޚް ފިކުރީ ފަދަ ބޭފުޅުން މިއަދު ކޮބައިތޯ؟ ކަމަށެވެ.
މި ޓުވީޓުގެ ރައްދުގައި ޝެއިހު މުހައްމަދު ވިދާޅުވީ، މިއަދުވެސް އެބޭފުޅުން ތިއްބެވީ ކުރިންވެސް ތިއްބެވި ގޮތަށް ކަމަށެވެ.
އަދި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤިޞޯޞް ހިފުމަށް ފުރުޞަތު ދޭނެކަމަށެވެ. އަދި ގާނޫނު އަސާސީގައި މަރުގެ ހުކުމް ނުހިމަނައި ވަނިކޮށް އެކަން ހިމަނައިދެއްވީ ރައީސް ޔާމިން ކަމަށް ޝެއިޚް މުހައްމަދު ވިދާޅުވިއެވެ.

ޝެއިހު މުހައްމަދުގެ މި ޓުވީޓާއި ގުޅިގެން މައުރޫފު ވަނީ ގާނޫނު ހެދީ ރައީސް ޔާމީންތޯ ސުވާލު ކޮށްފައެވެ.
އަދި ޖަވާބެއްގެ ގޮތުން ޝެއިހު މުހައްމަދު ވިދާޅުވީ، ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާ އަކީ ރައީސް ޔާމީންގެ އެދިލެއްވުމަށް ސަލަފުންދީފައިވާ ޑްރާފްޓެއް ކަމަށާއި އެ ފާސްކުރީ ޕީޕީއެމްގެ އަގުލަބިއްޔަތު ބޭނުންކޮށްގެން ގާނޫނު ހަދާ މަޖިލީހުން ރައީސް ޔާމީންގެ ހާއްސަ އަމުރަކަށް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި މަރަށް މަރު ހިފަން ތައްޔަރުވި ކަމަށާއި އެއީ ހަމައެކަނި ރައީސަކު ބޭނުންވީމަ ކުރެވެން އޮންނަ ކަމަކަށް ނުވާތީ ހުރިހާ މަރުހަލާއެއް ނިމިގެން އެއްވެސް ކޭސްއެއް އައިސްފައިނުވާތީ އެކަން އޭރު ތަންފީޒު ނުކުރެވުނީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ