- Advertisement -ad image

އިންޑިއާ ހައިކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ހުންނަ އަވަށްޓެރި އިންޑިއާގެ ހައިކޮމިޝަން ހިންގުން ހުޅުމާލޭގައި ހުންނަ އިމާރާތަކަށް މިއަދު ބަދަލުކޮށްފިއެވެ.

އެ އިދާރާގެ ހިދުމަތްތައް ދެން ލިބެމުންދާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގެ ގޯޅި ހަތަރެއްގައި ހުންނަ ލޮޓް ނަންބަރު 11499، އިމާރާތުން ކަމަށް ހައި ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިއީ ހުޅުމާލޭ އިންޑޯ ސުވިމިން ޕޫލް ކުރިމައްޗަށް އޮންނަ ގޯޅި އެވެ.

އިންޑިއާ ހައިކޮމިޝަން މީގެ ކުރިން ހިންގާފައި ވަނީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ. އެ އިމާރާތް ބާވުމައި އަދި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވާ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވެސް ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ. ބަންގްލަދޭޝް ހައި ކޮމިޝަންވެސް ހިންގަމުން އަންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އިމާރާތެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ