- Advertisement -ad image

ރެހެންދި ސްކޫލްގެ ދަރިވަރުން ކޮންމެ ދުވަހަކު އަސުރު ނަމާދު ކުރާނީ ޖަމާއަތުގައި

ad image

ގުޅުންހުރި ލިޔުންތައް

ރެހެންދި ސްކޫލްގެ ދަރިވަރުން ކޮންމެ ދުވަހަކު އަސުރު ނަމާދު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އެ ސްކޫލުން ބުނީ 14 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ގްރޭޑް 2،3،4،5،6 ގެ ދަރިވަރުން ޖަމާއަތުގައި އަސުރު ނަމާދު ކުރުން ސްކޫލްގައި އޮންނާނެ ކަމަށެވެ.
އެގޮތުން ދަރިވަރުން ސްކޫލަށް ފޮނުވާއިރު ދަރިވަރުން މެންދުރު ނަމާދު ކުރުވުމާއި އަދި ވުޟޫކުރުވައިގެން ސްކޫލަށް ފޮނުވުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ދަރިވަރުން ނަމާދު ކުރަން ބޭނުންވާ ތަކެތި ( މުސައްލަ- ދަރިވަރުގެ ފުރިހަމަ ނަމާއި ކްލާސް ޖަހާފައި އަދި ނަމާދުފޮޅި) ހަމައެކަނި ބޭނުންވާ ދަރިވަރުން ފޮނުއްވުމަަށް އެދިފައިވެއެވެ.
ކޮންމެ ދުވަހަކުވެސް ބޫޓުލުމަށް އިތުރު ކޮތަޅެއް އަދި ދަރިވަރު ސްކޫލަށް އަންނައިރު ލާފައި ހުންނަ ސްޓާކީނަކީ ނަމާދުކުރަން އެކަށީގެންވާ ސްޓާކީނަކަށް ވާންވާނެ ކަމަށް ސްކޫލުން ބުނެފައިވެއެވެ.
ރެހެންދި ސްކޫލަކީ ހުޅުމާލޭގައި ދެވަނަ އަށް ހުޅުވި ސަރުކާރުން ހިންގާ ސްކޫލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ