- Advertisement -ad image

ފްލައިޓަކުން މުދާ ބާލަނިކޮަށް ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފްލައިޓަކުން މުދާ ބާލަނިކޮށް ކޮންޓެއިނަރެއް ވެއްޓި އެމްއޭސީއެލްގެ މުވައްޒަފަކު ޒަޚަމްވެއްޖެއެވެ. 

މައުލޫމާތުލިބިފައިވާ ގޮތުގައި އެއަރޕޯޓގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ދުބާއީއިން ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ މުދާތައް ބާލަނިކޮށް ކޮންޓެއިނަރެއް ވެއްޓުމުގެ ސަބަބުންނެވެ.
މިހާދިސާގައި އަނިޔާ ލިބުނު އެމްއޭސީއެލްގެ މުވައްޒަފަށް ފަރުވާ ދޭން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ފްލައިޓްގެ ކުޑަ ދޮރު ކައިރިއަށް ގާތްކޮށްފައިވާ ހައި ލޯޑާ މެޝިން މަތިން ކޮންޓެއިނަރު ވެއްޓި ޖެހިފައިވަނީ އެއިން ކޮންޓެއިނަރު ބޭލުމަށްފަހު ގެންދާ ޑޮލީއެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ