- Advertisement -ad image

ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ހިޔާ ސަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ހާއްސަ ކޮށްގެން ޔޫތް މިނިސްޓްރީގެ ފަރާތަުން އެޗް 10ގައި ޔޫތް ސެންޓަރެއް ހުޅުއްވައިފިއެވެ.

ޔޫތް މިނިސްޓްރީން ޤާއިމުކުރި މި ޒުވާނުންގެ މަރުކަޒަކީ ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތަށް ގާއިމްކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން އެތަނުގައި ޓޭބަލްޓޮޕް އާއި ފުޓުބޯޅައާއި، ޓޭބަލް ޓެނިސް އަދި ކެރަމް އާއި ތާސް ފަދަ ކުޅިވަރުތައް ކުޅެވޭނެއެވެ.

ޔޫތް މިނިސްޓްރީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ޤާއިމުކުރި ޒުވާނުންގެ މަރުކަޒަކީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ ކުޑަކުދިންނާއި ޒުވާނުންނަށް ހިތްފަސޭހަ މާހާއުލެއް ހޯދައި ދިނުމުގެ މަގުސަދުގައި ގާއިމްކުރި ތަނެއް ކަމަށާއި، އެތަން ޒުވާނުންނާއި ކުޑަކުދިންގެ އިތުރުން އެހެން ފަރާތްތަކަށްވެސް ބޭނުންކުރެވިދާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ މަރުކަޒުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އައުޓް ޑޯ ވޮލީ އަދި ހޭންޑް ބޯލް ކޯޓެއް ގާއިމްކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ