ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.
ދިގު ޗުއްޓީއަކަށް ފަހު ބުރާސްފަތި ދުވަހު ޖަލްސާތައް ފަށާއިރު މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފަހު ދައުރަކީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ދައުރެކެވެ.
އެގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކޮށް ފާސްކުރުންވެސް ހިމެނެއެވެ. ނިމިދިޔަ ދައުރުގައިވެސް ވަނީ ސަރުކާރުން މަޖިލީހަށް ފޮނުވި ބިލްތައް ފާސްކޮށް ބައެއް ބިލްތަކަށް އިސްލާހުވެސް ގެނެސްފައެވެ. އެގޮތުން ހެއްކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ފާހަގަކުރެވެއެވެ.
އެމްޑީޕީގެ އަގުލަބިއްޔަތު އޮތް މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް މިއަހަރަށް ނިންމާ އަނެއްކާވެސް ނޮވެމްބަރު މަހު ޗުއްޓީއަށް ދާނެއެވެ.