- Advertisement -ad image

ބިން ހިއްކަނީ ބިމުގެ ބޭނުންތެރިކަން އެންމެ ބޮޑަށް ހުންނަ ރަށްތަކަށް ބަލާފައި: އަސްލަމް

ad image

ގުޅުންހުރި ލިޔުންތައް

ބިން ހިއްކުމުގައި ދޭ އިސްކަމަކީ އެންމެ ބިމުގެ ބޭނުންތެރިކަން އެވަގުތަކު ހުންނަ ރަށްތައް ބަލައިގެން ހިއްކުން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަސްލަމް އާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ބިން ހިއްކުމުގައި ހުރިހާ ރަށަކީ އެއް ލެވެލެއްގައި އިސްކަން ދީގެން ހިންގޭނެ މަޝްރޫއެއް ނޫން ކަމަށެވެ.

އަދި މަޝްރޫއުތައް ނުވަތަ މަސައްކަތުގައި އިސްކަން ދިނުމުގައި ތަރުތީބު ކުރަނިީ އޭރެެއްގައި މަސައްކަތް ކުރުމަށް އޮންނަ ހާލަތަށް ބަލައިގެން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން 21 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ލިސްޓު ކުރެވި ކޮންޓްރެކްޓް ކުރެވިފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ބިން ހިއްކުމުގައި ހުރިހާ ރަށަކަށް އެއްފަހަރާ އިސްކަން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަސްލަމް ވަނީ ބިން ހިއްކުމުގައި މިވަގުތު ރާއްޖޭގައި އޮތް އެންމެ ރަނގަޅު ކުންފުންޏަކީ އެމްޓީސީސީ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީ އަށް ވަނީ މަހާޖައްރާފެއް ގެނެސްފައެވެ. މިއީ އޭޝިއާ ބައްރުގައިވެސް މިވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު ޑްރެޖަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ