- Advertisement -ad image

ރައްޔިތުން ކަންކަމަށް ޑިމާންޑްކުރާނެ، އެޑިމާންޑްތަކަށް މަސައްކަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް: އިމްރާން

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ކަންކަމަށް ޑިމާންޑްކުރާނެ ކަމަށާއި އެޑިމާންޑްތަކަށް ވަޞީލަތްތައް ހުރި މިންވަރަކުން މަސައްކަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިމްރާން ވަނީ ވަޞީލަތްތައް ހުރި މިންވަރަކުން, ރައްޔިތުންގެ ޑިމާންޑްތަކަށް އިތުރު ހިތްވަރުލައިގެން މަސައްކަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގަކީ, ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ މުޅި މުޖުތަމައުގެ ޝަރަފާއި, އަގުކަމަށެވެ. އަދި އަމަންއަމާންކަމާއި, ރައްކާތެރިކަމާއި, އަދުލުއިންސާފާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެއަގުތައް ހިފެހެއްޓުނު މިންވަރަކުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މުއައްސަސާގެ ތެރޭގައި އެއަގުތައް ހިފަހައްޓާ, އެއަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ އޮފިސަރުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ ދިވެހި މުޖުތަމައަށްޓަކައި ފުލުހުން އަދާކޮށްދެއްވަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން ކުށްކުރާ ފަރާތްތައް ބަންދުކުރެވިދާނެކަމަށެވެ. އަދި ޖަލަށްވެސް ލެވިދާނެކަމަށެވެ. އެކަމަކު ކޮންމެ މީހަކަށް އަދަބުދިނުން އަދި އެއީހައްލެއްނޫންކަމަށާއި, ހައްލަކީ ފުލުހުންނާއި, ކައުންސިލާއި މުޖުތަމައުގެ އެންމެން ގުޅިގެން މުޖުތަމައުން އެފަދަ ކަންކަން ނެތިކޮށްލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ