- Advertisement -ad image

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ވެރިކަން ކުރާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން އެމްޑީޕީގެ މަންދުން ބައިވެރިވާ ކޮންގްރެސް ކުރިއަށް ދަނީ ސޯޝަލް ސެންޓަރުގައެވެ.

ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1447 މަންދޫބަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް ކޮންގްރެސްގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކޮށްފައި ވަނީ 1157 މީހުންނެވެ.

އެމްޑީޕީގެ ކޮންގްރެސް ކުރިޔަށް ގެންދަނީ ތިން ދުވަހަކަށް ބަހާލައިގެންނެވެ.

އެއީ ހުކުރު ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ވަކިބޭފުޅަކަށް ދިނުމާމެދު ގޮތެއް ނުނިންމާނެ ކަމަށް ވަނީ މީގެކުރިން ބުނެފައެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ވެސް އެޕާޓީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ