- Advertisement -ad image

މިހާރު މިއޮތް އެކުވެރިކަމަށް ކިޔާނީ ބަރޯސާއެއް ނޫން، މިއަށް ކިޔާނީ އަޅުވެތިވުން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

އަވަށްޓެރި ބައެއް ގައުމުތަކާއެކު މި ސަރުކާރުން ބާއްވަމުން އަންނަ ގުޅުމަކީ ބަރޯސާވުމެއް ނޫން ކަމަށާއި މިއަށް ކިޔާނީ އަޅުވެތިވުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޔާމީން އާއި ހަވާލު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ޗައިނާ އިން އަދާނުކުރެވޭނެ ލޯނުތައް ނަގާފައިވާ ވާހަކަ އޭރު ދެއްކިއިރު މިއަދު ދައުލަތުގެ ހުރިހާ ފައިލްތަކެއް ހުރެވެސް އޭގެން އެއްވެސް ލޯނެއްގެ ތަފްސީލެއް ހާމަނުކުރެވޭ ކަމަށެވެ.
އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރާއި އިންޑިއާ އާއި އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ވުޖޫދުން ފޮހެލަން ޖެހޭކަން ފާހަގަކުރައްވައި އެކަން ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ