- Advertisement -ad image

ބައެއް ކަންކަމަކީ އެންމެނަށް އެއްބަސް ވެވޭ ކަންކަމެއްނޫން، އޮތް ގޮތަކީ އެ ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށްދިޔުން: ރައީސް ސާލިހް

ad image

ގުޅުންހުރި ލިޔުންތައް

ބައެއް ކަންކަމީ އެންމެންނަށް އެއްބަސްވެވޭ ކަމަކަށް ނުވިޔަސް، އޮތް ގޮތަކީ އެ ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށްދިޔުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމަށް ރޭ ބާއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކާއި ތަފާތު ހިޔާލު ތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ

ރައީސް ސާލިހު އެ އިޝާރާތް ކުރެއްވީ މިވަގު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މައްސަލައިގެ މައްޗަށެވެ. ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލަން ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިގެން ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަވަން ބޭނުން ފުޅުވެއެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލު ކުރުމަށް ރޭ ފެށުނު ކޮންގްރެސް އިން ނިންމުންތަކެއް ނިންމަން ނަޝީދު ވަނީ ގަރާރެއް ހުށައަޅުއްވާފައެވެ.

ދިވެހިރާއްޖެއާއި ދިވެހިންނަށް އުޖާލާ ދިރިއުޅުމެއް ގެނެސްދިނުމަށް ދިއްލި ދަންމަރު (އެމްޑީޕީ) ގެ އުޖާލާކަން ފަނޑުވެ ނިވިގެން ދިޔަ ދީގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ