- Advertisement -ad image

ނަޝީދު ވިދާޅުވިގޮތަށް ޑިއުޓީ ނިންމާފައި ނައިޓަށް ދަނީ ކިތައް ރިސޯޓް މުވައްޒަފުން؟

ad image

ގުޅުންހުރި ލިޔުންތައް

ރިސޯޓް މުވައްޒަފުން ޑިއުޓީ ނިންމާފައި ނައިޓަށް ދެވޭ ގޮތް މިހާރުވެފައިވާ ކަމަށް ވިދާޅުވެ ނަޝީދު ފާޅުގައި އިތުރުފުޅެއް ހައްދަވައިފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމާ ރިސޯޓް މުވައްޒަފުން ޑިއުޓީ ނިންމާފައި އަނބިދަރިން ގާތަށް ނައިޓަށް ދާން ފެށުމަކީ މިހާތަނަށް ސަރުކާރަށް ހާސިލް ކުރެވުނު ކާމިޔާބީ ކަމަށެވެ.

ނަމަވެސް މިއީ މިހާތަނަށް ތަންފީޒުވަމުން އަންނަ ކަމެއް ނޫންކަން ފާޅުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރިސޯޓް މުވައްޒަފުން އަންނަނީ ބުނަމުންނެވެ.
އެހެންކަމުން މިފަހަރުވެސް ކަމުގެ ހަގީގަތް ނުބައްލަވާ މޮޅު އެއްޗެއް ވިދާޅުވާން އުޅުއްވަނިކޮށް ނަޝީދު އަށް މި ރައްދުވީ ގިނަ ބައެއްގެ ފާޑުކިއުމުވެ.

ނަޝީދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުންގެ ސާވިސް ޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ ކަމަށާއި 700 ޑޮލަރު ގެއަށް ނުގެންދާ އެއްވެސް ކުއްޖަކު މިއަދު ނުހުންނާނެކަމަށެވެ.

ރިސޯޓް މުވައްޒަފުންނަށް ނައިޓަށް އަނބިދަރިން ގާތަށް ދިއުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ނަމަވެސް މިއަދާ ހަމައަށްވެސް ނުފުދެއްދޭ ބޮޑު ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ