- Advertisement -ad image

ރިސޯޓްތަކުގެ 90 އިންސައްތަ މުވައްޒަފުންނަށް ނައިޓަށް ނުދެވޭ: ޓީމް

ad image

ގުޅުންހުރި ލިޔުންތައް

ހަޤީގަތަކީ ރިސޯޓް މުވައްޒަފުންގެ 90 އިންސައްތަ މަސައްކަތްތެރިންނަކަށް ޑިއުޓީ ނިންމާފައި ރަށަށް ނުދެވޭކަން ކަމަށާއި އަދި ނުވިތާކަށް އޮފްވެސް ރިސޯޓްގައި ނަގަން މަޖްބޫރު ކުރުވާކަން ކަމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.
ރިސޯޓް މުވައްޒަފުންނަށް މިހާރު ނައިޓަށް ދެވޭ ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވުމާ ގުޅިގެން ޓީމްގެ އެފްބީ ޕޭޖްގައި ބުނެފައިވަނީ
ބިދޭސީން މިނިމަމް ވޭޖުން މަހުރޫމް ކުރުމުން ރިސޯޓް މުަވައްޒަފުންގެ އެތަށް ސަތޭކަ ވަޒީފާއަކަށް ބިދޭސީން ގެނެސް، އައުޓްސޯސްކޮށް މިނިމަމް ވޭޖް ނުދީ އަޅުންގެ ގޮތުގައި ގެންގުޅުން އިންތިހާއަށް އިތުރުވެއްޖެ ކަމަށެވެ.
އަދި ސާރވިސްޗާޖުން މަކަރުހެދުން ރިސޯޓް،ހޮޓާ،ސަފާރީ އަދި ގެސްޓް ހައުސް ތަކުގައި އިތުރުވެ ޓެކްސްއަށްވެސް މަކަރުހަދުން އިތުރުވެފައި ވުމީ މިއަދުގެ ހަގީގަތް ކަމަށް ޓީމް އިން ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ރިސޯޓް މުވައްޒަފުންނަށް އަދި ޕުރައިވެޓް ސެކްޓާ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން 6 މަސްްދުވަސް ލިބެމުން ނުދާކަމަށް ބުނެފައިވެއެވެ.

އަދި 519 ޑޮލަރުން މަތީން މުސާރަ ލިބެމުންދިޔަ ފަރާތްތަކަށް މިނިމަމްވޭޖްގެ ކުރިއެރުން ނުލިބޭކަން ފާހަގަކޮށް ޓީމުން ބުނެފައިވަނީ
ދިހަ ބާރަ ގަޑި އިރު މަސައްކަތް ކުރުވާ އޯވަރޓައިމް ފައިސާވެސް ގިނަ ރިސޯޓް ތަކުގައި ދެމުން ނުދާކަމަށެވެ.

މިހުރިހާކަމަކީ ސީދާ ޓޫރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާކަންކަން އެ އޮސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ