- Advertisement -ad image

ރިޔާސީ އިންތިހާބުގައި ކޯލިޝަނާއެކު ނުފެންނާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ކޯލިޝަނާއެކު ނުފެންނާނެ ކަމުގެ އިޝާރާތެއް ރައީސް ސާލިހު ދެއްވައިފިއެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރިޔާސީ އިންތިހާބާ ހަމައަށް ކޯލިޝަން ދެމި އޮންނާނެ ކަމަށާއި ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު މިހާރު އޮތް ކޯލިޝަނާއެކު އޮންނަން ނުޖެހޭ ކަމަށެވެ.

ނަމަވެސް މިހާރު ވެރިކަމުގައި އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސާލިހު ވެވަޑައިގެންފިނަމަ ކޯލިޝަނެއް ހައްދަވާ އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކޮށްފައިވަނީ ބޮޑު ކޯލިޝަނަކާއެކުއެވެ.
އެގޮތުން ޖުމުހޫރީ ޕާޓީ، އަދާލަތު ޕާޓީގެ އިތުރުުން މޯލްޑިވްސް ރިފޯމް މޫވުމަންޓް އަދި ޑީއާރުޕީ އެ ކޯލިޝަނުގައި ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ