- Advertisement -ad image

އިމްރާންގެ ސުވާލެއް! އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކާނީ ކޮން ޕާޓީއަކުން؟

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް ރިއާސީ އިންތިހާބުގެ ކެމްޕެއިން ފެށިފައިވާއިރު އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކާނީ ކޮންޕާޓީއަކުންތޯ ހޯމް މިނިސްޓަރު އިމުރާނު އަބްދު الله ސުވާލު ކުރައްވައިފިއެވެ.
އިމްރާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ގެ މަންޒަރުގައި މަޑު މަޑުން ކުލަ ޖެހިފައިވާ ކަމަށެވެ.
އަދި އެކި ޕާާޓީތަކުން ވިއްކާނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭ ކަމަށާއި އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ޕާޓީ އަކުން ކޮން ކެންޑިޑޭޓަކަށް ތޯ މިނިސްޓަރ ވަނީ ސުވާލު ކުރައްވާފައެވެ.

އިމްރާން މިގޮތަށް ޓުވީޓް ކުރައްވާފައި މިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޔާމީން ކަން ކަނޑައަޅުއްވާ ރިޔާސީ ޓިކެޓް ހަވާލު ކުރައްވާފައި ވަނިކޮށެވެ.
އަދި ވެރިކަންކުރާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމާ އެޕާޓީން ރިޔާސީ އިންތިހާބުގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ރިއާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ޖުމުހޫރީ ޕާޓީގެ ލީޑަރު ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.
އަދި އެމްޑީއޭގެ ލީޑަރު ސިޔާމު ވެސް ދަނީ ރިޔާސީ ރޭހުގެ ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ