- Advertisement -ad image

މަސްވެރިންނަށް މިހާރަށްވުރެ އަގުހެޔޮކޮށް ޑީސަލް ލިބޭގޮތް ހަދައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ މެދުގައި ތަފާތުކުރުންތައް ނައްތާލައި މަސްވެރިންނަށް މިހާރަށްވުރެ އަގުހެޔޮކޮށް ޑީސަލް ގަންނަން ލިބޭގޮތް ހަމަޖައްސައި ދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ގޮވާލައިފިއެވެ.

ބީކޭއެމްޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުގެ ހާލަތަށް ބަލާއިރު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑީސަލާ ތަކެތީ އަގު ބޮޑުވުން ކަމުގައެވެ.

އަދި މިއަދު މަސްވެރިންނަށް އެފް އެސް އެމްއިން ޑީސަލް ލީޓަރެއް ލިބެންހުރީ 20.02 ލާރިއަށް ނަމަވެސް ރާއްޖޭގެ ދެކުނާއި އުތުރުގެ މަސްވެރިންނަށް ސަރުކާރުން ފެލިވަރު އަދި ކޫއްޑޫގައި 16.84 ލާރިއަށް ޑީސަލް ލީޓަރެއް ވިއްކަމުންދާ ކަން މަސްވެރިންނަށް އެނގޭ ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންނަކީ މުޅިންވެސް މާލެ ސަރަހައްދަށް މަސްކިރާ، ތެލާ، ކޮއްތާއި އަދި ބޯފެން އާއްމުގޮތެއްގައި މާލެ ސަރަހައްދުން އަރުވައިގެން މަސްވެރިކަން ކުރަމުންދާ ފަރާތްތަކެއް ކަމުން މާލެ ސަރަހައްދުގައިވެސް ޑީސަލް ލީޓަރެއް 16.84 ލާރިއަށް ލިބޭނެ ގޮތް ހަދައި ދިނުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ